ތިލައުތުރު އެވޯޑު 2025: ޚިދުމަތްތެރީންނާއި ރީތި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025" ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބާއްވައިފިއެވެ.
މިއަހަރުގެ ތިލައުތުރު އެވޯޑު ހަ ދާއިރާއަކަށް ދީފައިވާއިރު، މި އެވޯޑުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ.
މި އެވޯޑު ލިބުނު އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ހޮވިފައިވަނީ ދިއްދޫ އެވެ. އަދި ދެވަނަ އަށް މާރަންދޫ ގޮސްފައިވާއިރު ތިން ވަނަ އަށް ގޮސްފައިވަނީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ. މި ދާއިރާތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހޮވިފައިވަނީ ދިއްދޫ ކުރިމަގު ޖަމިއްޔާއެވެ.
މީގެ އިތުރުން، "ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑު" ލިބިފައިވަނީ އިޖްތިމާޢީ ދާއިރާއިން މުޙައްމަދު އިބްރާހީމް / އުޑުވިލާގެ، ހއ. އިހަވަންދޫ އެވެ. އަދި "ތިލައުތުރު ހިތްވަރު ދިނުމުގެ އެވޯޑު" ޙާސިލްކޮށްފައިވަނީ، ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ދާއިރާއިން ޚާލިދު މުޙައްމަދު / ތިބުރޯޒުގެ، ހއ. މާރަންދޫ އެވެ.
ތިލައުތުރު ޚާއްޞަ އެވޯޑު ޙާސިލްކޮށްފައިވާ ދަރިވަރުން:
މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އެވޯޑް ޙާސިލްކޮށްފައިވާ ފަރާތްތައް:
މި އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމެވެ.
ތިލައުތުރު އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅު ސްކޫލަތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅުގެ ޚިދުމަތްތެރި ރިޒޯޓާއި، އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކްލަބް ޖަމިއްޔާ އަދި ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ