ރިސޯޓް ލީގު: ސަންގެލި އާއި ޖޯއި އައިލެންޑް ތިން ވަނަ ބުރަށް ރިސޯޓް ލީގު: ސަންގެލި އާއި ޖޯއި އައިލެންޑް ތިން ވަނަ ބުރަށް

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެ، ޖޯއީ އައިލެންޑް މޯލްޑިވްސް ބައި ކޮކޫން ކަލެކްޝަން އާއި އޮބްލޫ ސެލެކްޓް ސަންގެލި ތިން ވަނަ ބުރުގެ ފުރަތަމަ ޖާގަތައް ހޯދައިފި އެވެ.
ދެ ވަނަ ބުރުގައި ވާދަކުރަނީ، ގަދަ 12 ޓީމެވެ. މި ބުރުގެ ހަ މެޗު ކުޅޭއިރު، ފުރަތަމަ ދެ މެޗު ވަނީ އިއްޔެ ކުޅެފަ އެވެ.
އެ ގޮތުން، ޖޯއީ އައިލެންޑުން ވަނީ، ހުވަފެންފުށި މޯލްޑިވްސް އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗުގައި، ޖޯއީ އައިލެންޑްގެ ލަނޑުތައް ޖެހީ، ހުސެއިން ހިޝާމް އަބްދުﷲ އާއި އަހުމަދު ޝަމްވީލް އަބްދުﷲ އެވެ. ހުވަފެންފުށީގެ ލަނޑު ޖެހީ ސާޖިދު އިބްރާހިމް އެވެ.
ދެ ވަނަ ބުރުގައި އިއްޔެ ސަންގެލި މޮޅުވީ، ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް އަތުން 3-1 އިންނެވެ. މި މެޗުގައި ސަންގެލީގެ ލަނޑުތައް ޖެހީ، މުހައްމަދު ސިރުފާން ހެޓްރިކް އެކެވެ. އަނެއްކޮޅުން، ޕަޓިނާ އިން ޖެހި ގޯލަކީ، ސަންގެލީގެ އާދަމް ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެ ވަނަ ބުރުގައި މިއަދު ކުޅޭ ދެ މެޗަކީ، ވަން އެންޑް އޮންލީ ރީތި ރަށާއި ކޮކޯ ބޮޑު ހިތި ބައްދަލުކުރާ މެޗާއި ބަރޮސް އާއި ޖުމެއިރާ ވާދަކުރާ މެޗެވެ. އަދި، ދެ ވަނަ ބުރުގެ ފަހު ދެ މެޗުގައި މާދަމާ ކުޅޭނީ، އޯގާ އާއި ވަރު އަދި ބަނޑޮސް އާއި އޮބްލު އެކްސްޕީރިއަންސް އެވެ.
ގަދަ ހަ ޓީމު ކުޅޭ ދެ ވަނަ ބުރުގެ ފުރަތަމަ ތިން މެޗުން މޮޅުވާ ޓީމުތައް ސެމީ ފައިނަލަށްދާއިރު، ބާކީ އިން ޖާގަ އަށް ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް، ސެމީ ފައިނަލުގެ ޖާގަ އަކަށް ޕްލޭއޮފެއް ކުޅޭނެ އެވެ. މި ޒޯންގެ ސެމީ ފައިނަލް މި މަހު 23 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ