ދިއްދޫ، ދުވާފަރުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަނީ

ހއ. ދިއްދޫގައި ހުންނަ އެެ އަތޮޅު، އަތޮޅު ހޮސްޕިޓަލާއި ރ. ދުވާފަރު ސިއްހީ މަރުކަޒުގައި އިތުރު ހިދުމަތްތައް ތައާރަފު ކުރުމަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ސޮއިކޮށްފައިވަނީ:
  ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭގެ ހިދުމަތްދިނުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް
ރ. ދުވާފަރު ސިއްހީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް
ތަފްސީލް - ހއ. އަތޮޅު ހޮސްޕިޓަލުގެ މަސައްކަތް 4.9 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ޕާފެކްޓް
މަލަފެހި މޯލްޑިވްސް ޕްރައިވެޓް  އާއެވެ.
މަސައްކަތް ހަވާލުކޮށްފައި ވަނީ 6 މަހުން ނިންމަން 
މަސައްކަތުގެ ސްކޯޕް: ރޫމް، އެކްސްރޭ ރޫމް އަދި އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމް 
ދުވާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް 25.5 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އަލްޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މަސައްކަތް ހަވާލުކޮށްފައި ވަނީ 6 މަހުން ނިންމަން 
މަސައްކަތުގެ ސްކޯޕް: އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް، އައިސީޔޫ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ