ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރު ރިޓަޔާކުރައްވައިފި ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރު ރިޓަޔާކުރައްވައިފި

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު، އިބްރާހިމް މުހައްމަދު ދީދީ އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.
އިބްރާހިމް ރިޓަޔާ ކުރެއްވިކަން، ކަރެކްޝަންސްއިން ވެސް އަދަދު އަށް ކަށަވަރުކޮށްދިނެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އިބްރާހިމް ރިޓަޔާ ކުރެއްވީ މިއަދު މެންދުރުފަހު ކަމަށެވެ.
އިބްރާހިމް ރިޓަޔާ ކުރެއްވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް އިބްރާހިމް ރިޓަޔާ ކުރެއްވިއިރު، ކަރެކްޝަންސްގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންގެ މެދުގައި ވަނީ ވަރަށް ބޮޑެތި ނުތަނަވަސްވުން އުފެދިފަ އެވެ.
ކަރެކްޝަންސް މުވައްޒަފުންގެ އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނީ މިދިޔަ ސަރުކާރުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 1000 ފްލެޓުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓުތައް ނުލިބޭތީ އާއި މި ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ނުލިބޭތީ އެވެ.
އެކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމުން، ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ވަނީ ކަރެކްޝަންސްގެ އޮފިސަރުންނާ ބައްދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ