ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް, 28 އަހަރު ކަސްޓަމްސްއަށް ޙިދުމަތް ކުރައްވައިފައި ވަޒީފާއިން މިއަދު ރިޓަޔާ ކުރައްވައިފިއެވެ. މި 28 އަހަރުގެ ޙިދުމަތުގައި ޝަރީފް ކަސްޓަމްސްއަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ކުރި ޓްވީޓެއްގައި ފާހަކަކުރިއެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުން ފެށިގެން ކޮމިޝަނާ ޖެނެރެލްގެ ހައިސިއްޔަތުން ކަސްޓަމްސްގެ ފޯކަސް ލީޑް ކުރައްވައި ޕްރޮސީޖާސް އޮޓޮމެޓިކް ކުރުމާއި، ބޯޑާ ސެކިއުރިޓީ ވަރުގަދަކުރުމާއި، ނަޒާހާތްތެރިކަން އިތުރު ކުރުމުގައި އޭނާ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. https://twitter.com/CustomsMv/status/1721482242936152106 އަބްދުﷲ ޝަރީފް ސީޖީގެ މަގާމުން ރިޓަޔާ ކުރެއްވުމުން ކަސްޓަމްސްއިން ވަނީ އެނާއަށް ފުރިހަމަ ރިޓަޔާ މެންޓަކަށް އެދި، އެނާ ކަސްޓަމްސްއަށް ކޮށްދެއްވި ޙިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ވެސް އަރުވައިފައެވެ. ކޮމިޝަނާ ޖެނެރަލްގެ މަގާމު އަދާކުރުމުގެ ކުރިން ޝަރީފް ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ. އެނާ ސީޖީގެ މަގާމަށް އައްޔަން ކުރީ އެ މަގާމުގައި އޭރު ހުންނެވި އަހުމަދު ނުޢުމާން، މީގެ ތިން އަހަރު ކުރިން އަވަހާރަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ