އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00ގެ ނިޔަލަށް ކަމަށާއި ވޯޓުލުމަށް ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިަދު ހެދުނު ކުރެއްވި ޓްވީޓއެއްގައި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަގުތު އިތުރު ނުކުރާނެކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ހަބީބް ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ. ވަގުތު ކުޑަކަމަށް ބުނެ، ގިނަ ބަޔަކަށް ވޯޓު ނުލެވި ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކުުރުމުގެ ސަބަބުން އިލެކްޝަންސް އިން މިވަނީ ދެވަނަ ބުރުގެ ވޯޓުލުން ހަވީރު 5:00ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަގުތު އިތުރުކުރަން ނިންމައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ޑރ. މުހައްމަދު މުއިއްޒުއެވެ.
ވޯޓުލުން ހަވީރު 5 ޖަހަންދެން ކުރިއަށްދާނެ، ވަގުތު އިތުރު ނުކުރާނެ: އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ