ޑްރަގް ކޯޓުން މަސްތުވާތަކެތީގެ ވަބާއިން ފަރުވާހޯދުމަށް ހުކުމްކޮށްފައިވާ 700 މީހުންނަށް އަމާޒުކޮށްގެން ފަރުވާދިނުމުގެ ޕްރޮގރާމެއް ފަށައިފިއެވެ.
މަސްތުވާތަކެއްޗަށް ދެވިހފާފައިވާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާގެ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅަކަށްވުމާއިއެކު އެ ވައުދުފުޅާއި އެއްގޮތުގެ މަތިން "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ބުރާސްފަތި ދުވަހު އިފްތިތާހުކޮށްފައިވާކަމަށް ރައީސްއޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ 700 ފަރާތެއް ފަރުވާއަށް އެކްސެސް ނުވެވި، އެ ފަރުވާއަށް ވާސިލް ނުވެވި ތިބިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، 'އޮޕަރޭޝަން ފަނާރު' ގެ ނަމުގައި މިހުރިހާ ފަރާތްތަކަށް ފަރުވާއަށް މިހާރުން ފެށިގެން އެކްސެސް ވެވޭނެކަމަށް ފިރްޒުލް ވިދާޅުވިއެވެ.
ފިރްޒުލް އިތުރަށް ވިދާޅުވީ ފިރުޒުލް ވިދާޅުވީ، ފަރުވާ ބޭނުންވެފައިވާ މީހުންގެ ލިސްޓު އެހާ ބޮޑީ އެ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެ މީހުންނަށް ތަނވަސްވެފައިނުވާތީކަމަށާއި މި ހުރިހާ މީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ނިޒާމު ބޭނުންކޮށްގެން ފަރުވާހޯދުމަށް އެމީހުންނަށް އެކްސެސް ނުލިބޭނީ ނަންބަރުތަކާ އެއްވަރުގެ ކެޕޭސިޓީ ނެތުމުންވެސް ކަމަށް ފިރްޒުލް ފާހަގަކުރެއްވިއެވެ.
ކުރީސަރުކާރުންވެސް ވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ހާއްސަ ސެންޓަރުތަކެއް ގާއިމްކޮށްފައެވެ.
ޑްރަގް ކޯޓުން ފަރުވާ ހޯދަން ހުކުމްކޮށްފައިވާ 700 މީހުންނަށް ހާއްސަ ފަރުވާގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ