މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނަން: ނަޝީދު

މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތަނަވަސް އަގުލަބިއްޔަތު ހޯއްދަވާނެ ކަމަށެވެ.
"ހާސްވެ ނުލައްވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްތު އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެކަން ހާސިލު ވާނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެވިގެންނެވެ. މީގެ އިތުރުން މި ވެރިކަން ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސޯބެ އޭގެން މަދުވެގެން އަޅުގަނޑުމެންނަށް މިކަމެއް ނުވާނެ. ރައީސް ޔާމީންވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއިކުރައްވާނީވެސް ސޯބެކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ