އުރީދޫ ނޭޝަން ކަޕްގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިރެއަށް ހަމަވަނީ

ފީފާ ވޯލްޑް ކަޕްގެ ފޯރިއާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން ބާއްވާ "އުރީދޫ ނޭޝަން ކަޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ 23:59 ގައި ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި އީސްޕޯޓްސް މުބާރާތުން ޖާގަ ހޯދުމަށް ކުޅުންތެރިންނަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. މި މުބާރާތަކީ 1-އޮން-1 އުސޫލުން އެފްސީ 26 ގޭމް ކުޅޭ ގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ. މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން، ރަޖިސްޓްރީވާ 48 ކުޅުންތެރިންގެ މެދުގައި ގުރުއަތުލައިގެން ކޮންމެ ކުޅުންތެރިއަކަށް ވެސް ތަމްސީލުކުރާނެ ގައުމެއް ކަނޑައެޅޭނެއެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ރަސްމީ ފީފާ ވޯލްޑް ކަޕް 2026 ގެ ތާވަލާ އެއްގޮތަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ޖުމްލަ 48 ކުޅުންތެރިންނަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 100 ރުފިޔާ ކަނޑައެޅިފައިވާއިރު، ޝައުގުވެރިވާ ކުޅުންތެރިން ore.do/arena މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2026 ގެ 18:00 ގައެވެ. މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 15,000 ރުފިޔާއެވެ. ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން: 1 ވަނަ: 8,000 ރުފިޔާ އަދި ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީ2 ވަނަ: 5,000 ރުފިޔާ އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީ3 ވަނަ: 2,000 ރުފިޔާ އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީ އުރީދޫ މޯލްޑިވްސްއިން ބުނީ މި މުބާރާތަކީ ރާއްޖޭގެ އީސްޕޯޓްސް ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ގައުމީ ފެންވަރުގައި ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މުބާރާތުގެ ޖާގަތައް މަދުވުމާއެކު، ސުންގަޑި ހަމަވުމުގެ ކުރިން ވީހާވެސް އަވަހަށް ރަޖިސްޓްރީވުމަށް އުރީދޫއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ