ރާއްޖޭގައި އުޅޭ ބަންގްލާދޭޝް ފިރިހެނަކު އޭނާގެ އަނބިމީހާ ރާއްޖެ ގެނައުމަށްފަހު، ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ކޯޓުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަނިޔާ ލިބުނު އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ އޭނާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، މަޖުބޫރުން ހަށިވިއްކުވާފައިވާ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ މިހާރު ދަނީ ތަރުޖަމާނަކާއި ވަކީލެއްގެ އެހީތެރިކަން ހޯދަމުންނެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަނބިމީހާ ރާއްޖެ ގެނެސް ބަންދުކޮށްގެން ހަށިވިއްކުވި ބަންގްލާދޭޝް މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ