ދިފާއީ ދާއިރާއިން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި

ދިފާއީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އަދި ބައިލެޓަރަލް ގުޅުންތައް މިހާރަށްވުރެ ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. ދިފާޢީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފި -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ ވަޒީރު ޙަސަން ރަޝީދު ވަނީ އިނގިރޭސިވިލާތުން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން މިފަދަ މަޝްވަރާތަކުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ދިވެހި އަސްކަރީއްޔާގެ ގާބިލުކަން އިތުރުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން، އިނގިރޭސި ސަރުކާރު ހިމެނޭހެން ދުނިޔޭގެ އެކި ގައުމުތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން އަންނަނީ ތަފާތު ތަމްރީނުތަކާއި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ