އީދަށް ފުރާއިރު ކަނޑުތައް ވަރަށް ގަދަ، ރީނދޫ ސަމާލު ދަންމާލައިފި
ބޮޑު އީދަށް ގިނަ ބަޔަކު ފުރަމުން އަންނަ މި ދަނޑިވަޅުގައި، ހެނދުނު ނެރުނު ރީނދޫ ސަމާލު މިއަދު 15:00އާ ހަމައަށް ދަންމާލައިފިއެވެ. މިއަދު ހެނދުނު 06:30 އިން 10:30އަށް މެޓުން ވަނީ، ނ. އަތޮޅުން އދ. އަތޮޅާއަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އޭރު މެޓުން ބުނެފައިވެއެވެ. ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހަވީރު 17:00އާ ހަމައަށް ހއ. އަތޮޅުން ވ. އަތޮޅަށް ވަނީ ވައިޓް އެލާޓު ވެސް ނެރެފައެވެ. އޭގެފަހުން، އެ އިދާރާއިން ވަނީ، ގަޑިއަކު 25 މޭލާ 30 މޭލު ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ބުނެ ރީނދޫ ސަމާލު ދަންމާލާފައެވެ. އެ ސަމާލު ނެރެފައި ވަނީ، ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް 15:00އާ ހަމައަށެވެ. ވިއްސާރަ ދުވަހެއްގައި ބަޔަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަންނަ ހަފުތާގައި ވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން އިއްޔެ ބުނެފައިވެއެވެ. މިގޮތުން، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. https://sun.mv/222262 މެޓުން އެހެން ބުނިއިރު، މާދަމާއިން ފެށިގެން އީދު ބަންދަށް ހަފުތާއެއްގެ ބޮޑު ޗުއްޓީއެއް ލިބެއެވެ. އެހެންވެ، ގިނަ ބަޔަކު މިއަދުން ފެށިގެން ރަށްތަކަށް ފުރަން ފަށާނެއެވެ. އެކަމަކު، މި ދުވަސްވަރު މޫސުމަށް ސަމާލުވުން ވަރަށް މުހިންމެވެ. ދިވެހި ނަކަތް ކަލަންޑަރުން ބަލާނަމަ، މިއަދަކީ ރޯނު ނަކަތުގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ގަދަވަޔާއެކު، ވިއްސާރަ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ