މާލެ ނޯތު ހާބަރުގައި އުޅަނދުތައް ޕާކުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަނީ

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިރޭ 12:00 އިން ފެށިގެންނެވެ.
އާ އުސޫލުގެ ދަށުން، ނޯތު ހާބަރު ސަރަހައްދު ތެރޭގައި ދަންވަރު 1:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު އާންމު ފަރާތްތަކުން އުޅަނދު ޕާކު ކުރުމަކީ މަނާކަމެކެވެ.
އެމްޕީއެލްއިން ބުނީ، ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ޓޯވ ކުރެވޭނެ ކަމަށެވެ.
މި ބަދަލުތަކަކީ ނޯތު ހާބަރުގެ ތޮއްޖެހުން ކުޑަކޮށް، ބަނދަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވި އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ