24 ރަށެއްގައި 50 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ކުރާ ޚަރަދު ކުޑަކޮށް، ރާއްޖޭގެ ހަކަތައިގެ މިނިވަންކަން ކަށަވަރުކުރުމެވެ.
އެމިނިސްޓްރީން ވިދާޅުވީ މި މަޝްރޫއު ކުރިއަށްދާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް އިސްކަންދީގެންކަމަށާއި، މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ކަމަށެވެ.
https://x.com/MoEnvmv/status/2073796171337028026
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ