ޕާކިސްތާނުގެ ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކަރާޗީގެ ކަނޑުގެ ސަރަހައްދުން، ފަސް ފަޅުވެރިންނާއެކު ދަތުރުކުރަނިކޮށް މުދާ އުފުލާ މަތިންދާބޯޓެއް ގެއްލުމާ ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ އޭވިއޭޝަން އޮފިޝަލުން ބުނެފި އެވެ.
ޕާކިސްތާނުގެ އެއާޕޯޓް އޮތޯރިޓީން ބުނި ގޮތުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ މި ބޯޓު ކުއްލިއަކަށް ވަރަށް ތިރިވެ، އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ އޮތް ގުޅުން ކެނޑުނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
EE YU PRIVATE LIMITED
MGH Group of Companies
އެއާޕޯޓް އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، ބޯޓުގެ ތިރިވާން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅޭކަމުގެ ރިޕޯޓު އެ ބޯޓުން ވަނީ ކޮށްފަ އެވެ.
މި ބޯޓަކީ ކަރާޗީގައި މަރުކަޒުވެފައިވާ އަމިއްލަ ކާގޯ އެއާލައިނެއް ކަމަށްވާ ކޭ-2 އެއާވޭސް އިން އޮޕަރޭޓްކުރާ ބޯޓެކެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އެއީ 2018 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
ބުދަ ދުވަހު ކޭ-2 އެއާވޭސް އިން ނެރުނު ބަޔާނެއްގައި، ބޯޓުގައި ތިބި ފަސް ފަޅުވެރިންގެ މައުލޫމާތު ހާމަކޮށްފައިވެ އެވެ. އަދި ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ފްލައިޓްތައް ޓްރެކްކުރާ ޕްލެޓްފޯމެއް ކަމަށްވާ ފްލައިޓްރޭޑާ-24 ގެ ވަގުތީ މައުލޫމާތުން ދައްކާ ގޮތުގައި، ބޯޓު ކުއްލިއަކަށް ތިރިވާން ފެށުމުގެ ކުރިން އޭގެ އުދުހުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.
ގެއްލިފައިވާ ބޯޓު ހޯދުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ނޭވީ އާއި އެއާފޯސް ހިމެނޭހެން އެކި އިދާރާތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެއާޕޯޓް އޮތޯރިޓީން ބުނެ އެވެ.
ޕާކިސްތާނުގައި އެންމެ ފަހުން ހިނގި ވައިގެ ދަތުރުފަތުރުގެ ބޮޑު ހާދިސާއަކީ 2020 ވަނަ އަހަރު އެ ގައުމުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓަކަށް ދިމާވި ހާދިސާއެކެވެ. ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ އެ ބޯޓު ކަރާޗީ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، ބޯޓުގައި ތިބި 99 މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެން ވަނީ މަރުވެފަ އެވެ.
ޕާކިސްތާނުގައި މުދާ އުފުލާ މަތިންދާބޯޓެއް ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ