ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ތިން ބޯޓަކަށް ހަމަލާ ދިން ކަމަށް ބުނެ، ބަދަލުހިފުމުގެ ގޮތުން، އެމެރިކާއިން އީރާނަށް އަމާޒުކޮށް "ވަރުގަދަ" ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެ ގައުމުން ވަނީ އީރާނުގެ 80 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅީގައި ހަރަކާތްތެރިވާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ 60 އަށް ވުރެ ގިނަ ކުދި ބޯޓު ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
MGH Group of Companies
THE BAKERS PVT LTD
Enterprise Development Industrial Pvt Ltd
MGH Group of Companies
MGH Group of Companies
އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވީ، މިއީ މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި އެއްބަސްވުމާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ތެހެރާނުން "ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ" ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ގޭޝްމް އައިލެންޑް، ބަންދަރު އައްބާސް އަދި ސިރިކް އަށެވެ. މި ހަމަލާތަކުގައި ބައެއް މީހުންނަށް ވަޒަނުގެ އެތިކޮޅުތަކުން އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާއިން ތުހުމަތު ކުރި ގޮތަށް، ތެޔޮ އުފުލާ ތިން ބޯޓަށް ދިން ހަމަލާގެ ޒިންމާ އީރާނުން ސީދާ ގޮތެއްގައި އުފުލާފައެއް ނުވެ އެވެ.
ގަތަރާއި ސައުދީ އަރަބިއްޔާއިން ވެސް ވަނީ ތެޔޮ ބޯޓުތަކަށް ދިން ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ދެ ގައުމުން ބުނި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް އެ ގައުމުތަކުގެ ބޯޓުތަކަށް ވަނީ ހަމަލާދީފަ އެވެ. އަދި މި ހަމަލާތަކުގެ އިލްޒާމް އެ ދެ ގައުމުން ވެސް އެޅުވީ އީރާނުގެ ބޮލުގަ އެވެ.
ސައުދީ އަދި ގަތަރުގެ ބޯޓުތަކަށް ހަމަލާދިން ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ