ދިވެހި ލިޔުންތެރިންނަކީ ގައުމަށް އަބަދުމެ ފަހުރުވެރިވާނެ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި ގައުމުދެކެ ލޯބިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައި ދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.
”އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ހައްގުބަސް ފެތުރުމަށާއި ރީތިކޮށް މުހާތަބުކުރުމަށާއި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވަން،“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހި ގައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުއާ ކުރައްވައިފަ އެވެ.
ދިވެހި ލިޔުންތެރިންނަކީ ހައްގުބަސް ފަތުރައި، ގައުމުގެ ފާގަތިކަމަށް ލިޔާ ބަޔަކަށް ވާންޖެހޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ