ޕީސީބީއަށް އައްޔަން ކުރި ޒައިނާއަށް ރުހުން ދީފި

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕީސީބީއަށް އައްޔަންކުރި ޒައިނާ އަބްދުﷲއަށް މަޖިލީހުން ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ -  ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޕީސީބީއަށް ޒައިނާ އައްޔަންކޮށްފައި ވަނީ މިދިޔަ ޖޫން މަހު ފަހުކޮޅެވެ. އަދި އޭނާއަށް ރުހުން ހޯދުމަށް އޭރު މަޖިލީހަށް ފޮނުވި އެވެ.
މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ ޒައިނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ނިންމައި، އޭނާއަށް %80 މާކްސް ދީފައިވެ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމެވެ. ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ޒައިނާއަށް ރުހުން ލިބުނީ 47 މެންބަރުންގެ ވޯޓާ އެކު އެވެ.
ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވި އެވެ. ވޯޓުގެ ކުރިން އެމްޑީޕީގެ ފަރާތުން ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ:
ޕާޓީގެ ޕީޖީ ގްރޫޕުން ނިންމީ ޒައިނާއަށް ރުހުން ނުދޭން ކަމަށް 
އެގޮތަށް ނިންމީ ޒައިނާގެ ގާބިލުކާ މެދު ސުވާލު އުދޭތީއެއް ނޫން، "މި މަގާމަށް އެއީ ވަރަށް ގާބިލު ބޭފުޅެއް"
ޒައިނާއަށް ރުހުން ނުދޭން ނިންމީ، ޕީސީބީން ހަރަދު ކުޑަކުރުމަށް ނެރުނު ސާކިއުލާއަކާ ހަވާލާދީ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރުގެ ކުންފުނިތަކުން ވަކިކުރަމުންދާތީ
"އެ ސާކިއުލާ އެހެން އޮތްހާ ހިނދަކު، އަޅުގަނޑުމެންނަށް ނެތް ޕީސީބީއަށް އެއްބާލުން ދެވޭކަށް،" ޝަމްހީދު ވިދާޅުވި އެވެ.
ޒައިނާ:
ޕީސީބީއަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ، އިސްލާމިކް ބޭންކުގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގަައި
މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރު ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސިފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައިވޭ
އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވޭ
ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ