މުއިއްޒުގެ ވައުދެއް؛ ޒަމާނީ ފެންވަރަށް އަރަބިއްޔާ ސްކޫލް އަޅައިދޭނަން

މާލޭގައި އެ ސްކޫލް އިމާރާތް ކުރުމަށް އެކަށީގެންވާ ރަގަޅު ބިން ލިބެން އެބަހުރި ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ޒަމާނީ ފެންވަރަށް ސްކޫލް އަޅައިދީ، މިޒަމާނަށް ފެތޭ ތައުލީމު ފޯރުކޮށްދޭ ސްކޫލަކަށް އެ ސްކޫލް އަޅައިދެއްވާނެ ކަމަށެވެ.
ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި މާލޭގެ ބޮޑު ބިމެއްގައި ޒަމާނީ ފެންވަރަށް އަރަބިއްޔާ ސްކޫލް ގާއިމްކޮށްދޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަނެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ށ. ކަނޑިތީމަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގައި ހުންނަ އަރަބިއްޔާ ސްކޫލަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެ ސްކޫލުގެ ބެލެނިވެރިންނަށް ވަރަށް ބޮޑު "ދޯކާ" އެއް ދީފައިވާ ކަމަށެވެ.މުއިއްޒު ވިދާޅުވީ ސްކޫލު ބޮލަށް ވެއްޓެން ކައިރިވުމުން ދަރިވަރުން ވެއްދީ ޓިނުން ހަދާފައި ހުރި ގުދަނެއް ކަހަލަ ތަނަކަށް ކަމަށެވެ. މާލޭގައި ސްކޫލަށް ބޭނުންވާ ވަރުގެ ބިން ހުއްޓައި ސްކޫލް އަޅަން ހަމަޖެއްސީ ބާރުބޮޑު އަދި އެކަށީގެންވާ ބިމެއްގައި ނޫން ކަމަށް ވިދާޅުވި އެވެ.އަރަބިއްޔާ ސްކޫލް އަޅަން ސަރުކާރުން ނިންމީ ބާޖަމާލުއްދީން ހުރި ތަނުގަ އެވެ. އެތަނުގައި އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ހިންގަނިކޮށް އެތަނުން އެމީހުން ނެރުމަށްފަހު، އަރަބިއްޔާ ސްކޫލް އަޅަން އެތަން ވަނީ ތަޅާލައިފަ އެވެ.މުއިއްޒު ވިދާޅުވީ ޖަމާލުއްދީން ސްކޫލް ތޮއްޖެހިފައިވާއިރު، އެތަން ބޮޑުކުރަން ޖެހޭނެކަން ސަރުކާރަށް އެނގޭނެ ކަމަށެވެ. އެކަން އެނގި ތިބެ އެ ބިން އަރަބިއްޔާ ސްކޫލަށް ހަމަޖެއްސީ ހެވެއް އެދިގެން ނޫން ކަމަށެވެ. އެ ބިން ހަމަޖެއްސި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.އޭނާ ވިދާޅުވީ މާލޭގައި އެ ސްކޫލް އިމާރާތް ކުރުމަށް އެކަށީގެންވާ ރަގަޅު ބިން ލިބެން އެބަހުރި ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ޒަމާނީ ފެންވަރަށް ސްކޫލް އަޅައިދީ، މިޒަމާނަށް ފެތޭ ތައުލީމު ފޯރުކޮށްދޭ ސްކޫލަކަށް އެ ސްކޫލް އަޅައިދެއްވާނެ ކަމަށެވެ.
"މާލޭގަ އެބައޮތް އަރަބިއްޔާ ސްކޫލް އެޅޭނެ ވަރުގެ ބިން. އެހެންވީމަ އަޅުގަނޑުމެންގެ ލޭންޑް ޔޫސް ޕްލޭންގަ ވަރަށް ބޮޑަށް އެކަމަށް އިސްކަމެއް ދީފަ އޮތް ކަމެއް އެއީ. މާލޭގަ އިރާދަކުރެއްވިޔާ، އަރަބި އިސްލާމީ ތައުލީމު މިހާރު ދޭ އަރަބިއްޔާ ސްކޫލަށް އެކަށީގެންވާ ބޮޑު ބިމެއް ކަނޑައަޅާ، އެތަނުގަ އަރަބިއްޔާ ސްކޫލްގެ ޒަމާނީ ސްކޫލެއް އަޅައިދީ، މިޒަމާނަށް ފެތޭ ގޮތަށް އަރަބިއްޔާ ސްކޫލް ހިންގުމަށްޓަކައި ހިންގުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އަޅާ އަރަބިއްޔާ ސްކޫލުން ތަމްރީނު ވެގެން ނުކުންނާނީ ޒަމާނަށް ލޯ ހުޅުވިފައި ތިބި ޖީލެއް ކަމަށެވެ.
އަރަބިއްޔާ ސްކޫލު އިމްރާތުގައި ރެނދުލައި ބޮލަށް ވެއްޓެން ކައިރިވުމުން ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން އެ ދަރިވަރުން ވަނީ ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތައް ބަދަލުކޮށްފަ އެވެ. ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތުގައި ކިޔެވި ދަރިވަރުން މިހާރު ވަނީ އަލަށް އިމާރާތް ކުރި ތަނަށް ބަދަލުކޮށްފަ އެވެ.އަރަބިއްޔާ ސްކޫލްގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން ދަނީ ތަކުރާރުކޮށް މުޒާހަރާތައްކޮށް، ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ