ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ހުޅުވައިފި

ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަންތަން ހުޅުއްވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ގދ. ވާދޫ ފެނަކަ އޮފީސް އިމާރާތުގައި ސްޓާފް ރޫމާއި ލޮބީ އާއި ރިސެޕްޝަނާއި ޕޭންޓްރީ، މެނޭޖަރ ރޫމް، އަދި މީޓިންގ ރޫމާއި ގެސްޓްރޫމް ހިމެނޭއިރު މިތަނަކީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެއަކީ ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. މި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުން ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ