ގާސިމް އިބްރާހިމް، ޕާކިސްތާނާއި އިންޑިއާއަށް މިނިވަންދުވަހުގެ ތަހުނިޔާ، ފޮނުއްވައިފި

އަވަށްޓެރި ޕާކިސްތާނާއި އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް، އެ ދެ ގައުމަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އިއްޔެ ފާހަގަކުރި ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، ޕާކިސްތާނުގެ މިނިވަން ދުވަހަކީ ޕާކިސްތާނު މިނިވަންކަމާއި، ކުރިއެރުމާއި ތަނަވަސްކަމާ ދިމާލަށް ކުރާ ދަތުރު ހާމަކޮށްދޭ ދުވަހެއް ކަމަށެވެ.
ގާސިމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދިވެހިން ތިބީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނާ އެކުގައި ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުން ކުރިއަށްއޮތް ތާނގައިވެސް އިތުރަށް ބަދަހިވަމުން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިންޑި އާއާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކުގައި އެކުވެރިކަމާއި އެއްބާރުލުމުގެ އައު އުސްމިންތަކަކަށް ވާސިލްވެ ކުރިއަރަމުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ގާސިމްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ