ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް: މައުމޫން

ޔޯގާއަކީ އިސްލާމް ދިނުގައި ހަރާމް ކަމެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ފާއިތުވި އަހަރުތަކުގައި ދިވެހިންގެ މެދުގައި ވެސް ކަސްރަތެއްގެ ގޮތުގައި މަގުބޫލުވެފައިވާ ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އާއި އެކަން އިސްލާމް ދީނުގައި ހަރާމް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ، އެކަމާ މެދު މިފަހުން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން:
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބޭއްވުމުން، ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށްް ވަދެގަނެ އެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގާފައި  
އޭގެ ފަހުން އަދާލަތު ޕާޓީން ވަނީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމައަކަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމުގައި ވިޔަދީގެން ނުވާނެ ކަމަށާއި ޔޯގާއަކީ ހަރާމްކަމެއް ކަމަށް ބުނެ ކަރުދާހެއް ނެރެފައި
ޔޯގާއަކީ ހަރާމްކަމެއް ކަމަށް ބުނެ 104 ދީނީ އިލްމުވެރިން ސޮއިކޮށް ބަޔާނެއް ވެސް ނެރެފައިވޭ
އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވާއިރު، ޔޯގާއާ ބެހޭ ގޮތުން މިހާތަނަށް ފަތުވާ ކޮމިޓީން ރަސްމީކޮށް ފަތުވާއެއް ނެރެފައެއް ނުވޭ
ބުނީ ކީކޭ؟ - ޔޯގާއާ ގުޅޭ ގޮތުން މައުމޫން ރޭ ނެރުއްވި ދިރާސީ ލިޔުމެއްގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އިސްލާމް ދީނަކީ ލުއި ފަސޭހަ އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް
އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމެއް ވާ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި، އެއީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެވެ.
"މިސާލަކަށް ކަމެއްގެ ހުކުމާ ބެހޭ ގޮތުން މުފްތީއެއްގެ
އަރިހުގައި ސުވާލުވެވިއްޖެ ނަމަ، އެކަމަކާ ބެހޭ ހުކުމެއް ގުރުނާނުން ނުވަތަ
ސުންނަތުން ނުވަތަ އެހެން ޝަރުއީ ދަލީލަލުން ފެނިވަޑައިނުގެންނެވި ނަމަ، މުފްތީއަށް
އޮންނާނީ އެ ކަމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވުމެވެ. ސަބަބަކީ ކޮންމެ ކަމެއްގެ
ވެސް އަސްލު ހުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށްވާ ކަމެވެ،" މައުމޫން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ:
ހަރާމް ކުރެއްވިކަން ސާބިތު ނުވާ އެއްވެސް ކަމަކީ
ހަރާމް ކަމެއް ކަމަށް ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ
ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރާ ކަންކަމާއި އުފަންދުވަސް ފާހަގަކުރުމާއި އެކި ކުޅިވަރުތައް ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމަކީ ހަރާމް ކަންކަމެއް ނޫން
"... އިސްލާމް ދީނުގެ އުސޫލުތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން، ޔޯގާ ފަދަ
ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަކުރުމަށްޓަކާ ކުރާ
ކަސްރަތުތަކާއި ލަވަކިއުމާއި މިއުޒިކު ކުޅުން ފަދަ ކަންކަމަކީ ވެސް ހަރާމް ކަންކަމޭ
ބުނާނެ ތަނެއް ނެތެވެ،" މައުމޫން ވިދާޅުވި އެވެ.
"ނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި
ހަރާމް ކަމެއް އެކުލެވިގެން ވާނަމަ، އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކާ ބޭނުން ކުރެވޭ ވަސީލަތަކަށް ވާނަ، އެކަން ހަރާމް ވާނެކަން ޔަގީނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ