މޫސުން ގޯސްވެ 11 އަތޮޅަކަށް ވައިޓް އެލާޓް

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ އުތުރުގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައި ވަނީ މިރޭ 10:30 ގެ ނިޔަލަށެވެ.
އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ