ކެންޑިޑޭޓުންގެ ޒާތީ ކަންކަމާއި އަމިއްލަ ދިރިއުޅުމާ ނުބެހި ޚަބަރުތައް ގެނެސްދީ: އެމްއެމްސީ ދޮގު ޚަބަރުތައް ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅަނީ “ދެންމެ” ނޫސް ހިންގާ ފަރާތް ހޯދަން އިޢުލާނު ކޮށްފި މެމްބަރެއްގެ ދައުރު ހަމަވާތީ އެމްއެމްސީ މެމްބަރުކަމަށް ކުރި

ރާއްޖޭގައި ހިންގާ ވެބްސައިޓުތަކުގެ ތެރެއިން ރައްޔިތުންނަށް ހަގީގަތާ ހިލާފު ހަބަރުފަތުރަމުން ދާކަމަށްބުނެ ތިން ވެބްސައިޓެއްގެ ޝަކުވާ އެ ކައުންސިލަށް ހުށަހެޅިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީ އިން ބުނެފިއެވެ.
މިގޮތުން ޝަކުވާ ލިބިފައިވަނީ, ކުރުސީ, ދިޔަވަރު އަދި ދޮންއަމާ ކިޔާ ވެބްސައިޓެއްގެކަމަށް މީޑިއާކައުންސިލުން ބުނެއެވެ.
އެމްއެމްސީން ބުނީ ރާއްޖޭގައި ރަޖިސްޓާ ކޮށްގެންވިއަސް އަދި ނުކޮށް ވިއަސް ހަބަރު ފަތުރާ ވެބްސައިޓުތަކުގެ ތެރެއިން ރައްޔިތުންނަށް ހަގީގަތާއި ހިލާފު ހަބަރު ފޯރުކޮށްދޭ ވެބްސައިޓުތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އުސޫލެއް އެކުލަވާލާފައިވާކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންވިއަސް އަދި ނުކޮށްވިއަސް ހިންގާ ވެބްސައިޓުތަކަކީ މީޑިއާއެއް ކަމަށް ބެލެވޭނެކަމަށް އެ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައިބުނެފިވެއެވެ.
“ރާއްޖޭގެ ރައްޔިތުންނާ ގުޅޭ ހައްސާސީ މައުލޫމާތުތައް އޮޅުވައިލުމުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި އޭގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ފެންނަމުންދާނެ,” -އެމްއެމްސީ-
އެހެންކަމުން އެފަދަ ހަގީގަތާ ހިލާފު ހަބަރުތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ބެލުމަށްޓަކައި ރާއްޖޭގެ މީޑިއާ ކައުންސިލުން އުސޫލެއް ހަދާފައިވާކަމަށް އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އެ އުސޫލުގެ ދަށުން މައްސަލަ ބަލަމުންދާ ވެބްސައިޓުތަކާ ގުޅޭ ނިންމުންތައް އާންމުކުރުމަށް ވެސް މީޑިއާކައުންސިލުން ވަނީ ނިންމާފައެވެ.
“ގާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހިޔާލު ފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދީފައި އޮތް ނަމަވެސް އެ ހައްގުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް އިލްތިމާސްކުރަން,” -އެމްއެމްސީ-
ރައްޔިތުންނަށް އޮޅުން އަރާނެހެން އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
މީޑިއާކައުންސިލުން މައްސަލަ ބަލަން ފަށާފައިވާ ތިން ވެބްސައިޓަކީ ރެޖިސްޓާ ނުކޮށް ހިންގާ ތިން ވެބްސައިޓެވެ. އަދި އެ ވެބްސައިޓުތަކަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ވެބްސައިޓުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ