މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީ، ލިލީމަގު، ޗާންދަނީ މަގު އަދި ދަރުމަވަންތަ މަގު ހިމެނޭ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށެވެ.
އެ ކުންފުނިން ލަފާކުރިގޮތުގައި މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 3:00 އާ ދެމެދުއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ.
އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ