ރާއްޖޭގައި އައިއެސްގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތްތަކާއި ބެހޭގޮތުން ޕޮލިސް ކޮމިޝަނަރ ދެއްކެވި ވާހަކަތަކާއި މެދު ސަމާލުވާނެ ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިޤާލީ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ވިޔަވަތި ފޯރަމްގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި މިހާރުވެސް އަމިއްލަ ހަށިގަނޑާ ފުރާނަ ގުރުބާންކުރާ ހިސާބަށް ގޮސްފައިތިބި މީހުންގެ އަދަދު 1400 އާއި ގާތް ކުރާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ސީރިއާގައި ކުރިއަށްދާ ދުވަސްވީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިޔަ މީހުންގެ އަދަދު 174 އަށް އަރާ ކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދާން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދަކީ 423 ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޕީ ދެއްކެވި މި ވާހަތަކަކީ ބިރުވެރި ވާހަކަތަކެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެމަަށް ސަމާލުވާނެ ޖެހޭ ކަމަށް ވިދާޅުވިއެވެ.
https://twitter.com/maumoonagayoom/status/1206639774129213441
އައިއެސްގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށްވެސް އިއްޔެ ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ސީރިއާގައި ފަންސާހަށް ވުރެ ގިނަ މީހުން ތިބި އިރު އޭގެ ތެރޭގައި 91 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުންކަމަށެވެ. އަދި އަނބުރާ ގެނެވޭ ހާލުގައި ތިބީ 4 ފިރިހެނުން ކަމަށާ، އެ ފަރާތްތައް އަނބުރާ ގެނެސް ރިހިބިލިޓޭޓްކުރާނެ ކަމަށް ސީޕީ ިވިދާޅުވިއެވެ.
ސީޕީ ދެއްކެވީ ބިރުވެރި ވާހަކަތަކެއް، މިއީ ސަމާލުވާންޖެހޭ ކަމެއް – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ