ދެހާސް ހަތަކުން ފެށިގެން ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 13ގައި ކެބިނެޓުން ނިންމި ނިންމުމާ އެކު 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ.
މި ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެކުލަވާލި ވަގުތީ ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން ތަޅުމުން ވެސް ނިންމީ އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސް ކުުރުމަށެވެ. އެގޮތުން:
ބިލު ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކު
ބިލާ އެއްކޮޅަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭ
ދެކޮޅަށް ދެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަނި؛ ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެމްޑިޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ
ތަފްސީލް އަންނަނީ....
2007އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ