އަމިއްލަ މީހަކު ހުޅުމާލޭގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

އަމިއްލަ މީހަކު ހަރަދުކުރާ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތް ކުރަން މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެންނެވެ. އަދި އެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުންނެވެ.
ތަފްސީލް - މިނިސްޓްރީން ބުނި ގޮތުގައި، މިއީ 18،720 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ 2،500 އާއި 3،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެއްބަސްވެފައިވަނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާ ގޮތަށެވެ.
މި މިސްކިތް ނިމޭއިރު ހުންނާނީ:
ސޯލާ އާއި އޭސީ ވެސް ހަރުކޮށްފައި
މިސްކިތް ހަދަނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް
މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެ ކަމަށް ވެސް މިނިސްޓްރީން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ