އެކްސްޕެޓް ސިސްޓަމްގައި ހުރި ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދިވެސް އަދާހަމަކޮށްފައި ނުވާ ކަމަށާއި މި މަހު 30ގެ ކުރިން އެކަންކޮށް ނިންމުމަށް ހޯމްލޭންޑް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ބައޯމެޓްރިކްސް މައުލޫމާތު ނެގުމުގެ ބޮޑު އޮޕަރޭޝަނެއް "ކުރަގި"ގެ ނަމުގައި ފެށީ މިދިޔަ އަހަރު އެވެ. މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހު20ގެ ކުރިން އެ ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓު ކުރަން ފަށާނަ އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން ގެޒެޓްގައި އިއުލާނެއް ޝާއިއުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - މިނިސްޓްރީގެ އިއުލާނުގައި ބުނީ:
ވަޒީފާ ދޭ ފަރާތުން ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދިވެސް އަދާހަމަކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް
އެހެންކަމުން މި މަހު30ގެ ކުރިން އެ މައުލޫމާތު އަދާހަމަކޮށް ނިންމުމަށް އަންގާފައިވޭ
"މި މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރަން،" މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް:
7690228 ގުޅައިގެން ނުވަތަ [email protected] އީމެއިލް ކުރުމަށް ވަނީ އެދިފައި
ފާހަގަކޮށްލެވޭ - ހޯމް މިނިސްޓަރު މިދިޔަ ޖެނުއަރީ މަހު ބުނެފައި ވަނީ އޮޕަރޭޝަން ފެށި ފަހުން 9 މަސް ތެރޭގައި 25،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
ބިދޭސީންގެ މައުލޫމާތު މި މަސް ނިމުމުގެ ކުރިން އަދާހަމަކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ