މުވައްޒަފުން މަދުކުރުމަށް ސަރުކާރުގެ އިދާރާތަކަށް ޓްރަމްޕް އަންގައިފި

މުވައްޒަފުން މަދުކުރުމަށް އެމެރިކާ ސަރުކާރުގެ އިދާރާތަކަށް ޓްރަމްޕް އަންގައިފިއެވެ.
ވައިޓްހައުސްގެ އިސްވެރިޔަކު ރޮއިޓާސްއަށް ހާމަކޮށްދިން ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފެޑެރަލް އޭޖެންސީތަކުގެ މުވައްޒަފުން ބޮޑު އަދަދަކުން މަދުކުރުމަށް ރޭވުމަށް އަމުރެއް ނެރެފައެވެ.
މި އަމުރުގެ ދަށުން، ސަރުކާރުގެ އެކިއެކި އިދާރާތަކުން ވަޒީފާއިން ވަކިވާ ކޮންމެ ހަތަރު މުވައްޒަފަކަށް އެންމެ މުވައްޒަފެއް ނެގުމަށް ވެސް ލާޒިމްކުރެއެވެ. މިއީ ޓްރަމްޕާއި އޭނާގެ އިސް ލަފާދޭ ފަރާތް ކަމުގައިވާ އެލޮން މަސްކް ސަރުކާރު ކުޑަކޮށް އަލުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެކެވެ.
ވައިޓް ހައުސްގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައި މަސްކް ވަނީ ސަރުކާރުގެ އިސްރާފާއި ޚިޔާނާތް ހޯދައި، 1 ޓްރިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ބުނެފައެވެ. މިހާރު ޕޯސްޓަލް ސަރވިސް ނުހިމަނައި، އެމެރިކާގެ ސިވިލް ސަރވިސްގައި 2.3 މިލިއަން މުވައްޒަފުން މަސައްކަތްކުރެއެވެ.
މި ކަމާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންގެ ޔޫނިއަންތަކުން ދަޢުވާ އުފުލަމުންދާއިރު، ބައެއް ކޯޓުތަކުން މިހާރުވެސް ވަނީ ޓްރަމްޕް ސަރުކާރުގެ ބައެއް ފިޔަވަޅުތައް ހުއްޓުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ