ގޭންގު ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ފަރުމާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މުސްތަފާ ހުސައިން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ބިލުގައި ގޭންގަކީ ކޮބައިކަމާއި އެފަދަ ގޭންގުތަކުގައި ބައިވެރިވާ މީހުންނަށާއި ގޭންގުތަކުގެ ހަރަކާތްތެރިވާ މީހުންނަށް ދޭވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެ އެވެ.
އެ ބިލުގައި ވާގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ދެ ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާޢި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ދެލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އޭގެއިތުރުން އެ ބިލުގައި ވާގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމުގެ ކުށްކުރާ މީހަކު 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 75،000ރ. އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކުށެއް ކުރުމަށް އެހީތެރިވާ މީހަކު 10 އަހަރުދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 50،000ރ. އާއި ފަސްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ހަމަ އެހެންމެ، އެފަދަ ގްރޫޕެއްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހަކު އެ ގާނޫނުގެ ދަށުން 12 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 75،000ރ. އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކުށެއް ކުރަން އެހީތެރިވާ މީހަކު އަށް އަހަރުދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 50،000ރ. އާއި ތިންލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ގޭންގަކަށް ނިސްބަތްވާ މީހުން އެ ގާނޫނުގެ ދަށުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުންނެވެ. ގޭންގަކަށް ނިސްބަތްވާކަން ކަނޑައަޅާނީ:
އެއްވެސް ގޭންގަކަށް ނިސްބަތްވާކަން ދެއްކުމުގެ ގޮތުން ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ކުރެހުމެއް ގައިގެ އެއްވެސް ތަނެއްގައި ނުވަތަ އެމީހަކު އާންމުކޮށް ގެންގުޅޭ އެއްޗެއްގައި ޖަހައި ބޭނުން ކުރުމަކީ ވެސް އެ ބިލުގައި ވާގޮތުން މަނާ ކަމެކެވެ.
އަދި ގޭންގަކަށް ނިސްބަތްވާކަން ދެއްކުމަކީ ވެސް އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އެގޮތުން އެފަދަ ކަމެއް ކުރާ މީހަކު 12 އަހަރުދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 75،000ރ. އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެކަންކަމުގެ އިތުރަށް ގޭންގު ކުށް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
ގޭންގު ކުށްކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ފަރުމާކުރި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ގޭންގު ކުށްކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ފަރުމާކުރި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ