ޖީއެމްސީއީއާ ބެހޭ ކަންބޮޑުވުން ލިބޭ، މައުލޫމާތު ހޯދުމުގެ މަސައްކަތް އެބަ ކުރަން: ސީއެމްޑީއޭ
ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން ދާ "ޖީއެމްސީއީ" ޓްރޭޑިންއާ ބެހޭ ގޮތުން އާންމުންގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ބުނެފިއެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ. އުސޫލު ބުނާގޮތުން އެފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގެ ހުއްދައާ އެކުއެވެ. ނަމަވެސް، މީގެ ކުރިން އެ އޮތޯރިޓީން 'ސަން'އަށް ބުނީ، އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށެވެ. 'ސަން' އަށް މައުލޫމާތު ދެމުން އިއްޔެ ސީއެމްޑީއޭއިން ބުނީ، ޖީއެމްސީއީއާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިނުވި ނަމަވެސް ބައެއް ފަރާތްތަކުން އެ ސްކީމާ ބެހޭ ގޮތުން ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އެ މައްސަލައަކީ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމެއް ކަމުން، އެކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް މައުލޫމާތު ދިނެވެ. ފައިސާގެ ނޫޓުތަކެއް --- އޭޕްރީލް 30، 2025ގައި ސީއެމްޑީއޭއިން ނެރުނު އިއުލާނެއްގައި ހުއްދައާއި ރެޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިދާ ލިބޭ އިންވެސްޓްމަންޓްތައް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް ވަނީ އަންގާފައެވެ. އެކަމާ ގުޅިގެން އެ އޮތޯރިޓީން ބުނީ، އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް އީމެއިލުންނާއި ފޯނުގެ ޒަރީއާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސީއެމްޑީއޭއިން ބުނީ، ފައިސާގެ މުއާމަލާތްކޮށްގެން ބޮޑެތި އަދަދުތަކުން ފައިދާ ލިބޭ، ނަމަވެސް ފަހުން ގެއްލުންވާ ސްކީމްތައް މިހާރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އެކަންކަން ހުއްޓުވުމަށްޓަކައި އާންމުން އެފަދަ ކަންކަމަށް ސަމާލުވުމަށް "އިންވެސްޓާ އެލާޓް" ނެރުމާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާ ކަަމަށް ސީއެމްޑީއޭއިން ބުންޏެވެ. އެ އޮތޯރިޓީގެ ކަމާ ގުޅުންހުރި ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މީހުން އަންނަނީ މިއީ ނާޖާއިޒު ގޮތުގައި މީހުންގެ އަތުން ފައިސާ އަތުލުމަށް އަނެއްކާ ވެސް ހިންގަން ފަށާފައިވާ ސްކޭމެއް ކަމަށް ބުނަމުންނެވެ. އެގޮތުން، މިހާރު އެ ސްކީމުން ފައިދާވި ނަމަވެސް ވަކި ހިސާބަކުން އެއިން ގެއްލުންވާނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އިންވެސްޓުކޮށް، އެހާ ބޮޑު މަންފާއެއް ލިބޭނަމަ އެއީ ގަބޫލުނުކުރެވޭ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އަލްހާން ފަހުމީ -- ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވެސް މިފަދަ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެމްއެމްއޭއިން އޭރު ބުނީ، މިފަދަ ސްކީމްތައް ހިންގަނީ އެ ސްކީމްތަކާ އިތުރު މީހުން ގުޅި، ފައިސާ ލަމުންދާތީ ކަމަށެވެ. އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މިފަދަ ސްކީމް ހިންގަނީ ކިހިނެއް؟ ޕޮންޒީ ސްކީމްތަކަށް، އެ ނަން ދެވުނީ 1920ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީއަށް ނިސްބަތްކޮށެވެ. އިންވެސްޓަރުންނަށް އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ އެފަދަ ސްކީމްތަކުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން، އެންމެ ބޮޑު އަދަދެއް އަބަދު ވެސް ނަގާނީ އެކަން ފެށި މީހާއެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާއެވެ. https://www.sun.mv/173846 ފުރަތަމަ އިންވެސްޓް ކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ފުރަތަމަ ޕޭމަންޓު ލިބުމުން ދެން އެއަށް އިންވެސްޓް ކުރަނީ ފުރަތަމަ އިންވެސްޓް ކުރި މީހުން ކައިރިން އެ ވާހަކަ އަޑުއަހާ، އެކަން ދެނެގެން އަންނަ މީހުންނެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަނީ އެގޮތަށެވެ. ކުރިން އިންވެސްޓް ކުރި މީހުންނަށް ފައިސާ ދެނީ ފަހުން އަންނަ މީހުން އަތުން ނަގާ ފައިސާއިންނެވެ. އެ ސްކީމްތައް އަތަށް ގޮވަނީ ބޭނުންވާ ވަރަށް އިންވެސްޓަރުން ނުލިބޭ ހިސާބުންނެވެ. އެ ހިސާބުން އިންވެސްޓަރުންނަށް ދޭނެ ޕޭމަންޓެއް ނެތި، މައްސަލަ ޖެހެނީއެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ އެޑްރެސް ކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ