ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން ކުރިއަށް؛ ސެންޓްރަލް ޕާކް ފުރާލައިފި

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުލަގަދަކޮށް މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފަށައިފިއެވެ. މީގެ ކުރިން ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ސްކޫލު ފެންވަރުގައެވެ. އެހެން ނަމަވެސް މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެންނެވެ. https://x.com/MoEdumv/status/1921179477461086713 މާލޭ ސަރަހައްދުގައި ފަސް ސަރަހައްދެއްގައިވަނީ ވަރަށް ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައެވެ. އެއީ: ސެންޓްރަލް ޕާކް، ހުޅުމާލެ މުހްޔިއްދީން ސްކޫލް، ވިލިމާލެ ރަސްފަންނު، މާލެ ހެންވޭރު ދަނޑު، މާލެ ޖުމްހޫރީ މައިދާން، މާލެ މީގެ ތެރެއިން ސެންޓްރަލް ޕާކުގައި އޮތް ކުޑަކުދީންގެ ޚާއްސަ ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުވަނީ އެ ސަރަހައްދަށް ވަޑައިގެން ކުޑަކުދީންނާ ސަލާމް ކުރައްވައިފައެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ރައީސްގެ ދެ ކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް ކުޑަކުދީންގެ ދުވަސް މާލޭގައި ކުލަގަދަކޮށް ފާހަގަކުރީ އެކި ސްޓޯލްތަކާއި ކުޅިވަރުތަކުގެ އިތުރުން، އެ ކުދީންނަށް ސްޓޭޖު ހަރަކާތްތައް ވެސް ހުށަހަޅައިލެވޭ ގޮތަށެވެ. މީގެ ތެރޭގައި މަދަހައާއި، ލަވައާއި، ވާހަކައާއި، ނެށުމުގެ ހުށަހެޅުންތައް އެ ކުދީން ދައްކައިލިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުލަގަދަކޮށް ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުން -- ފޮޓޯ/ ރައީސް އޮފީސް ކުޑަކުދީންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެެ ވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ. އެ ދުވަހަކީ ކޮންމެ އަހަރަކު ވެސް ސްކޫލްތަކުން ސްކޫލް ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ނަމަވެސް ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު، ބެލެނިވެރިންގެ އަތުން ސްކޫލަށް ޚަރަދު ކުރަން ޖެހުމަކީ ބައެއް ފަހަރު ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ކުޑަކުދީންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ