ރިޔާސީ ބަޔާން އިއްވާ ވަގުތަށް މާލޭގެ 24 މަގެއް މާދަމާ ބަންދު

މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާ ގުޅިގެން މާލޭގެ 24 މަގެއް ބަންދުކުރަން ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މާދަމާގެ ޖަލްސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީސް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ފުލުހުން ނިންމާފައިވާކަން އާންމުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. https://x.com/PoliceMv/status/1887156645740114033 މާދަމާ ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުން ފެށިގެން މަޖީދިއްޔާ ސްކޫލާ ހަމައަށް އަމީރު އަޙްމަދު މަގު އަދި ސިފައިންގެއިން ފެށިގެން ސޯސަން މަގާ ހަމައަށް މެދުޒިޔާރަތްމަގު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މަޖިލީސް ހުންނަ ސަރަހައްދުގެ ގިނަ މަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ. ރިޔާސީ ބަޔާން އިއްވާ ވަގުތާ ދިމާކޮށް މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރުމަށް ވެސް އިދިކޮޅު އެމްޑީޕީއިން ވަނީ ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ