ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި މިއަދު ބޭއްވުނު "ޢީދު ހަވީރު" ހޯމަ އަދި އަންގާރަ ދުވަހުގެ ހަވީރުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން އިންތިޒާމުކުރި މި ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން ހިމެނެއެވެ. ސަރުކާރުން މި ހަރަކާތް އިތުރު ދެ ދުވަހަށް ދަމައިލުމަށް ނިންމީ ގިނަ އާއިލާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާތީއެވެ.
މި ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއްގައި އާއިލާތަކާއެކު އެއްތަނަކަށް ޖަމާވެ، އުފާ ފާޅުކުރުމަށް ލިބުނު އެންމެ ފުރިހަމަ ފުރުސަތު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް "ޢީދު ހަވީރު"ގެ ހަރަކާތްތައް ކުރިއަށްދާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ. މި ހަރަކާތުގެ ސަބަބުން ރަމަޟާން މަހަށްފަހު އާއިލާތަކަށް އެކުގައި މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ހޯމަ އަދި އަންގާރަ ދުވަހުވެސް "ޢީދު ހަވީރު" ކުރިއަށް ގެންދިއުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ