ވަގުތީ އަމުރަކަށް އެދިވަޑައިގެންފައި ވަނީ އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ވަގުތީ އަމުރަކަށް އެދިވަޑައިގެންފައި ވަނީ އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.އަލީ މިއަދު ވިދާޅުވީ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ."އަޅުގަނޑު ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ގއ ގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށައަޅައިފިން،" އަލީ ވިދާޅުވި އެވެ.މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ފެށުމަށް ބޭއްވި އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.
ދައުލަތުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައި ވަނީ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން ކަމަށާއި، މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. އަދި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެސް ބެލޭނީ ގާނޫނުއަސާސީ މާނަކުރުމާއި ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗަކާ ހިލާފުވެގެން ހުށަހެޅޭ މައްސަލަތައް އެކަނި ކަމަށް ވެސް އެ އިޖުރާއީ އިއުތިރާޒުގައި ދައުލަތުން ފާހަގަކޮށްފައިވެ އެވެ.އޭގެ ރައްދުގައި މައްސަލަ ހުށަހެޅުއްވި ފަރާތުގެ ގާނޫނީ ވަކީލު ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބަލައި ގޮތް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ހަތް ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އިޖުރާއީ އިއުތިރާޒާ ގުޅިގެން ގޮތެއް ނިންމާނީ މައްސަލައިގެ ހުކުމް ކުރާއިރު ކަމަށް ބެންޗުން ވަނީ ފާހަގަކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ