ފާސްވީ އިހްސާން އަށް އިތުބާރު އޮތް ކަމަށް
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ، ފެއިލްވެއްޖެ އެވެ.އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވުމަށް މަޖިލީހުގެ 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.އިތުބާރު ނެތް މައްސަލައިގައި ހުށައެޅި ތުހުމަތުތަކަށް އިހުސާން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ