ފަރުޟް ނަމާދުތައް ކުރަން އޮތީ ނަމާދުތަކުގެ ތަރުތީބުންނެވެ. ފަތިސްނަމާދުން ފަށައި މެންދުރު ނަމާދުކޮށް، ޢަބްރުނަމާދުކޮށް މަޣްރިބްނަމާދުކޮށްގެން ޢިޝާނަމާދުކުރުމެވެ. ނަމާދުކުރިކަމަށްވާނީ މިތަރުތީބުން ނަމާދުކުރުމުންނެވެ. ފަރުޟް ނަމާދެއް އެނަމާދުގެ ވަޤުތުގައި ނުކޮށް ހުންނަންޖެހޭނީ ޝަރުޢީ ޢުޒުރަކާ ލައިގެން އެކަންޏެވެ.
އެހެންކަމާއިއެކުވެސް މިއީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ސަބަބެއް ދިމާވެގެން ޢަޞްރުނަމާދު ނުކުރެވި ހުއްޓައި މަޣްރިބް ނަމާދުގެ ވަޤުތު ޖެހިއްޖެނަމަ ކުރިން ކުރަންޖެހޭނީ ކޮން ނަމާދެއްތޯއެވެ؟ މަޣްރިބް ނަމާދުގެ ޖަމާޢަތް ފަށައިފިނަމަ ކުރިން ކުރާނީ ކޮން ނަމާދެއްތޯއެވެ؟ އެޙާލަތުގައި ޢަބްރު ނަމާދުކުރާނީ ކިހިނަކުންތޯއެވެ؟
ފިރަތަމަކަމަކަށް އޮތީ ފަރުޟު ނަމާދުތައް ތަރުތީބުން ކުރުމެވެ. ފަރުޟު ނަމާދުތަކުގެ ތަރުތީބު އޮޅުވައެއް ނުލެވޭނެއެވެ. ވީމާ ޢަޞްރު ނަމާދު ނުކޮށް ހުއްޓައި މަޣްރިބް ނަމާދަށް ބަންގި ގޮވައިފިނަމަ އިމާމް މީހާ ޖަމާޢަތް ފެށުމުގެ ކުރިން އަވަހަށް ޢަޞްރުނަމާދުކޮށްލާށެވެ. ޢަޞްރު ނަމާދު ކުރާނެ ވަޤުތު ނުލިބިއްޖެނަމަ ޢަބްރު ނަމާދުކުރަން ނިޔަތް ގަނެގެން މަޣްރިބް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާށެވެ. އިމާމްމީހާ ސަލާމް ދިނުމުން ތެދުވެ ޢަޞްރު ނަމާދުކުރާށެވެ. އެއަށްފަހު މަޣްރިބް ނަމާދުކުރާށެވެ.
ރަވާތިބް ސުންނަތް ކުރުމުގައި ތަފާތެވެ. ކުރީގެ ނަމާދެއްގެ ރަވާތިބް ސުންނަތް ނުކުރެވި އޮތްނަމަ ފަހުން ކުރެވިދާނެއެވެ. އެކަމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ފަރުޟު ނަމާދުގެ ތަރްތީބް އޮޅުވައެއް ނުލެވޭނެއެވެ. އިސްފަސް ނުކުރެވޭނެއެވެ. ކުރަންޖެހޭނީ ތަރްތީބުންނެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން
ހަނދުމަކޮށްދިނުމެއް!: ޢަޞްރު ނަމާދު ނުކުރެވި ހުއްޓައި މަޣްރިބްނަމާދު ވަޤުތު ޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭނެ ގޮތް-: ޑރ. ޒާކިރު ނައިކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ