ހަފްތާއެއް ތެރޭ ސްކޭމްގެ 45 މައްސަލައެއްގައި 481،520.67ރ. ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި މަހުގެ 13 އިން 19އަށް ސްކޭމްގެ 45 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލް - ފުލުހުން ބުނީ އެންމެ ގިނަ ސްކޭމް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމުތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން:
އޭގެ 26 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި ސްކޭމުގެ 20 މައްސަލަ އޭގެ ތެރޭ ހިމެނޭ
މީގެ އިތުރުން:
ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލަ
ފޯނު މެދުވެރިކޮށް ހިންގި 5 މައްސަލަ
އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް؛ ކޮންމެ ބާވަތަކުން 1 މައްސަލަ
ފުލުހުން ބުނީ ސްކޭމުތަކުގައި ޖެހިގެން ގެއްލުނު ފައިސާގެ %80 ހޯދާފައިވާ ކަމަށެވެ. އެގޮތުން:
481،520.67ރ. ގެއްލުނު
383،610.08ރ. ހޯދާފައިވޭ
ސްކޭމު ކުރާ މީހުން މުއާމަލާތު ކުރުމަށް ވައިބާގެ އިތުރުން މެސެންޖާ، ޓެލެގްރާމް އަދި އިންސްޓަގްރަމް ވެސް ބޭނުންކުރާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އޮންލައިން ޕްލެޓްފޯމު އައިބޭ އަދި ފޯނު ކޯލުތައް މެދުވެރިކޮށް ވެސް ސްކޭމަރުން ސްކޭމްތައް ހިންގަ އެވެ.
ހަފްތާއެއް ތެރޭ ސްކޭމްގެ 45 މައްސަލަ؛ 400،000ރ.އަށް ވުރެ ގިނަ ފައިސާ ގެއްލުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ