މި ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ބާއްވަންނުޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބައި-އިލެކްޝްނަތައް އިތުރަށް މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެންބަރުންގެ ދައުރު ހަމަވާން 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ. އެގޮތަށް އިސްލާހު ހުށަހެޅުއްވީ ބައި-އިލެކްޝަންތައް މަދުކޮށް، އެކަމަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތަކީ ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ.މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭ 17 ވަނަ ދުވަހު އެވެ.
މި ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދައުރު ހަމަވާން ދޮޅުއަހަރު އޮތްނަމަ ކައުންސިލްތަކުގެ ބައި-އިލެކްޝަން ދެން ނުބާއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ