ގައުމީ ޔުނިވާސިޓީން ރާސްތާ ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ހަނދާނީ ލިޔުންތައް ދީފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓްރާންސްފޯމަޓިވް ލީޑާޝިޕް ރާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ތިން ދުވަހުގެ ތަމްރީނާއި މެންޓާޝިޕްއާ އެކު ދ. ވާނީގައި ހިންގި މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ލީޑާޝިޕްގެ ކޮންމެހެން ބޭނުންވާ ހުނަރާއި ކެތްތެރިކަމާއ،ި ޑިސިޕްލިންއާއ،ި ޓީމް ވޯކްލިބިގެންދިޔަ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިން، ޓީމް ބިލްޑިން ޗެލެންޖްތަކާއ،ި ފިޒިކަލް ފިޓްނަސް ކަސްރަތުތަކާއ،ި ވެލިއު ބޭ ސްޑް ލާނިންފަދަ ޑައިނަމިކް ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އެމްއެންޔޫއިން ބުނީ މި ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއ،ި ކެތްތެރިކަމާއ،ި ޒިންމާދާރުކަމުގެ ރޫޙެއް އުފެދ،ި މުޖުތަމަޢުތަމައުއަށް ބޭނުންވާ ކަހަލަ ލީޑަރުންތަކެއް އުފެދިގެންދިގެން ދާނެ ކަމަށެވެެ. ގައުމީ ޔުނިވާސިޓީއިން ކާމިޔާބު ކަމާއިއެކު ރާސްތާ ޕްރޮގްރާމު ނިންމާލައިފި --- ފޮޓޯ/ އެމްއެންޔޫ މިއަދު އެމްއެންޔޫ ސެންޓްރަލްގައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ޝަރަފުވެރި މެހެމާނުންނާއި މެންޓަރުންނާއި ޕްރޮގްރާމް ފެސިލިޓޭޓަރުން ބައިވެރިވި ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އަދި މި ތަމްރީނު ޕޮރޮގްރާމް ހިންގުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް މި ރަސްމިއްޔާތުގައި ހަދާނީ ލިޔުން ދެވުނު ކަމަށް ވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އެމްއެންޔޫއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއ،ި ޕްރޮގްރާމް ކޯޑިނޭޓަރުންނާއ،ި މިމަސައްކަތް ކާމިޔާބު ކޮށްދިނުމުގައި ޙިއްޞާ ކޮށްދެއްވި އެންމެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ. އެބޭފުޅުންގެ ފަސްނުޖެހޭ ތާއީދާއި އިރުޝާދުގެ ސަބަބުން އަންނަން އޮތް ޖީލުގެ ބާރުވެރި ލީޑަރުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް ދައުރެއް އަދާކުރާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ