ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ ދަރިކަލުންނަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާތީ، އެކަން ކުށްވެރި ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސް ޑރ. ވަޙީދު އިތުރަށް ވިދާޅުވެފައިވަނީ، ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާ ކަމެއް ކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރައީސް މުޢިއްޒުގެ އާއިލާއަށް ނިސްބަތްކޮށް ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިފަދަ ކަންކަން ހިނގަމުންދާތީ، ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ކުރީގެ ރައީސް ވަޙީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ