ޗިއޯސް ގާޑަން: ގްރީސްގެ ދަނޑުތަކުން އެސްޓީއޯގެ ފިހާރަތަކަށް

އެސްޓީއޯ
ޕީޕަލްސް ޗޮއިސުން އެތެރެކޮށް ވިއްކަމުން އަންނަ ޗިއޯސް ޖޫހަކީ ގްރީސްގެ މަޝްހޫރު
ޗިއޯސް ދަނޑުތަކުގައި ހައްދާ މޭވާ އިން ތައްޔާރުކުރާ މީރު ޖޫހެކެވެ. މި
ދަނޑުތަކުގައި މޭވާ ހައްދަނީ އެއްވެސް ކެމިކަލްގެ ބާވަތެއް ބޭނުން ނުކޮށް،
ވަރަށް ވެސް ފަރުވާތެރިކަމާ އެކު، ލޯބިންނެވެ. 
ޗިއޯސް
ދަނޑުތަކުގައި ހައްދާ މޭވާ އިން ތައްޔާރުކުރާ ޖޫހަކީ އާޓިފިޝަލް އެއްވެސް މާއްދާއެއް
ނުހިމަނާ، ގުދުރަތީ މާއްދާތަކުން އުފައްދާ، ތާޒާ، ހަށިގަނޑަށް ފައިދާހުރި މީރު
ރަހަތައް އެކުލެވޭ ޖޫހެކެވެ.
މި
ޖޫހުގެ އެންމެ ތަފާތު އެއް ކަމަކީ ކޮންމެ ޕެކެޓެއްގައި ވެސް ހިމެނޭ މޭވާގެ
ބާވަތްތަކާއި އެ ޕެކެޓު ތައްޔާރު ކުރަން ބޭނުންކުރި މޭވާގެ އަދަދު
އެނގެން ހުރުމެވެ. މިއާ އެކު، ޗިއޯސް ބްރޭންޑުގެ ކޮންމެ ޖޫސް ޕެކެޓެއްގެ ކޮލެޓީ ޔަގީންކުރަން ފަސޭހަވެ
އެވެ.
ޗިއޯސް
ގާޑަން ޖޫހަކީ ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކަކުން މުއްސަނދި ވެފައިވާ،
ދިފާއީ ނިޒާމު ވަރުގަދަކޮށް އަދި
ގައިގައި ވަރު ޖެއްސުމަށް އެހީތެރިވެދޭ ބުއިމެކެވެ.
މި
ބްރޭންޑުގެ ޖޫހުގައި އާޓިފިޝަލް ހަކުރު އަދި ޕްރިޒަވޭޓިވްސް ބޭނުންކޮށްފައި ނުހުންނާނެ
އެވެ. އެހެންކަމުން މިއީ ކެމިކަލް ތަކުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުން
ދުރުކޮށްދޭ އުފެއްދުމެކެވެ.
މި
ބްރޭންޑުގެ ޖޫހުގެ މީރު، ގިނަ ރަހަތައް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި:
އޮރެންޖް ސްމޫތު
އާފަލު ޕީޗް އަދި އޮރެންޖުގެ މިކްސް
މެންޑަރިން
ޗެރީ
މިއީ
ރެސްޓޯރެންޓް ތަކުގައި ތަފާތު ވައްތަރުގެ ބުއިންތައް ހެދުމަށް ބޭނުންކުރަން ވެސް
އެންމެ ކަމުދާނެ މީރު ރަހަތަކެކެވެ.
ޗިއޯސް
ގާޑަންގެ ރާއްޖެ އެތެރެކުރަނީ އެސްޓީއޯ އިންނެވެ. މި ބްރޭންޑުގެ ހުރިހާ ރަހަތަކެއް
ހޯލްސޭލްކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރު އަދި ރީޓެއިލް ކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބޭނެ އެވެ.
އެސްޓީއޯ
ހޯލްސޭލް ސެންޓަރުގެ ހިދުމަތް ހޯދުމަށް ގުޅާނެ ނަންބަރު: 3012576
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ