37 އަހަރުގެ އަސްކަރީ ހިދުމަތަށް ފަހު ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނަޝީދު، ޝަރަފުވެރިކަމާ އެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.
އެކަމަށްޓަކައި ރޭ ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
އެ ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދެއްވާ ސިޓީ، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އަދި ރިޓަޔާމަންޓްގެ ރަމްޒީ ކާޑު ވެސް އަހްމަދު ނަޝީދުއާ ހަވާލުކޮށްފައެވެ. ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނަޝީދު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓާ ޖެނެރަލް އަދި އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމުގައެވެ.
އެ ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނަޝީދުގެ 37 އަހަރުގެ ސިފައިންގެ ހިދުމަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނަޝީދުގެ އަސްކަރީ ހިދުމަތުގެ ސައިޓޭޝަންއެއް ވަނީ އިއްވާފައެވެ.
37 އަހަރުގެ ހިދުމަތަށްފަހު އަހްމަދު ނަޝީދު ސިފައިން ގެއިން ރިޓާޔާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ