ކާމިޔާބަށް ގޮވޭ އަޑަށް ބީރު ކަންފަތް ދީގެން ކާމިޔާބު ވާނި ކިހިނެއްތޯ؟: ޝައިޚް އަޙްމަދު ސަމީރު

ހަތަރު މިސްކިތުން ދުވާލަކު ފަސް ފަހަރު ބަންގި ގޮވާއިރުގަ، ކިތައްފަހަރު ނަމާދަށް އަންނަން އޭނައަށް ގޮވާ އަޑު އިވޭނެ؟ 
(حي على الصلاة، حي على الصلاة) (حي على الفلاح، حي على الفلاح) "ނަމާދަށް އަންނާށޭ، ނަމާދަށް އަންނާށޭ، ކާމިޔާބަށް އަންނާށޭ، ކާމިޔާބަށް އަންނާށޭ." ކޮންމެ މިސްކިތަކުންވެސް ގޮވާނެ ކޮންމެ ބަންގިއެއްގަ ހަތަރު ފަހަރު ކޮންމެ ނަމާދެއްގަ. ފަސް ނަމާދުގަ ކިތައް ފަހަރުތޯ؟ ފަސް ސަރިކު ވިހި، އެހެން ނޫންތޯ؟ އެއް މިސްކިތުން. ކޮންމެ މިސްކިތަކުން ވިހި ފަހަރު ތިބާ ކަންފަތުގަ އަޑުއެބައިވޭ. ތިބާގެ ވެރި ރަސްކަލާންގެ، ތިބާ ހެއްދެވި ފަރާތް، ތިބާ ތިޔަ ބުނާ ތިބާ އެންމެ ލޯބިވާ ފަރާތާ ބައްދަލުކުރަން މިސްކިތުން ދުވާލަކު ވިހި ފަހަރު ގޮވާ. ކޮންމެ މިސްކިތަކުން، ހަތަރު މިސްކިތް ވެއްޖެއްޔާ ކިތައް ފަހަރުތޯ ދުވާލަކު؟ ވިހި ހަތަރަކާ ގުނަ ކުރީމަ ކިހާވަރެއްތޯ؟ އައްޑިހަ ފަހަރު ދެއްތޯ. ތިބާ އުޅޭ ރަށުގަ ދުވާލަކު ފަސް ފަހަރު، އައްޑިހަ ފަހަރު ތިބާ އެ މިސްކިތައް އަންނަން ގޮވާލީމަ އިޖާބަ ނުދޭ މީހަކު ކީކޭ ގޮވައިގެންތޯ އަޅުގަނޑުމެންނަށް އިޖާބަ ދޭނީ؟ ކިހިނެއް އޭނަ ގެންނާނީ އަޅުގަނޑުމެން؟ ކިހިނެއްތޯ އޭނަ ސާބިތު ކޮށްދެނީ އަހަރެން އިބަ އިލާހާ ބައްދަލު ކުރަން ވަރަށް ލޯބިވޭ. އަހަރެން އެންމެ ލޯބިވަނީ އިބަ އިލާހު ދެކެއޭ.
އަޅުގަނޑުމެން ހުދު ގަބޫލުނުކުރޭ އަޅުގަނޑުމެން ދެކެ ލޯބިވާ ކަމަށް އަޅުގަނޑު ބުނީމަ ނާންނަމީހުން. ދެން ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލުކުރަނީ ﷲ ސުބުޙާނަހޫ ދެކެ ލޯބިވާ ކަން. މި ކޮންމެ ދުވަހަކު ތަކުރާރު ވަމުން މިދަނީ. ކޮންމެ ދުވަހަކު އިމްތިހާނު ކުރެވެމުން މިދަނީ. އައްޑިހަ ފަހަރު، ސާޅީސް ފަހަރު، ފަލާޙާ ކާމިޔާބަށް އަންނަން ގޮވޭ އަޑު އިވިމެ، އެ ފަލާޙާ ކާމިޔާބަށް އިޖާބަ ނުދޭ މީހާ ކިހިނެއްތޯ އޭނަ ފަލާޙާ ކާމިޔާބު ވާނީ. 
އެހެންމަ މިސްކިތްތަކަށް މި ގޮވާލެވޭ ގޮވާލުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލު ކުރަން އެކަލާންގެ ގެކޮޅަށް އައުމަށް އެކަލާންގެ ގޮވާލައްވާ ގޮވާލެއްވުން. މި ވިސްނުން މީހާގެ ސިކުނޑިއަށް އައީމަ ނަމާދަށް ގޮވޭ ބަންގިއާމެދު އޭނަގެ ނަޒަރިއްޔާ، އޭނަގެ ވިސްނުން މުޅިން ތަފާތު. އެއީ އޭނަގެ ވިސްނުމަކީ އޭނާގެ ވެރި ރަސްކަލާންގެ ގޮވާލައްވާ ގޮވާލުމެއްކަމާ، އެކަލާންގެ ދެކެ އަހަރެން ލޯބިވަންކަމާ، އެކަލާންގެއާ ބައްދަލުވެ އެކަލާންގެ ޙަޟްރަތުގެ އަހަރެންގެ ފާފަތައް ފުއްސައޭ ދަންނަވަން. އަހަންނަށް ރަޙްމަތް ލައްވާތޯ ދަންނަވަން. 
އަހަރެންގެ ދުނިޔަވީ، އުޚުރަވީ ޙަޔާތުގެ ލާބަޔާ މަންފާއަށް އެދި ދެންނެވުމަށް އެކަލާންގެ ވަގުތު ހާއްސަ ކުރެއްވީމަ އެ ވަގުތު އަހަންނަށް ވަރަށް މުހިއްމުވޭ އެބަ. އަހަރެން އެތަނަށް ދާންޖެހޭ އެބަ. އެއީ އަހަންނަށް ދުނިޔޭގެ ޙަޔާތުގެ ހުރިހާ ނިޢުމަތްތަކެއް، އުޚުރަވީ ޙަޔާތުގެ ނިޢުމަތް ދެއްވީ އެކަލާންގެ. އެކަލާންގެ އަހަރެން ބަލަހައްޓަނީ. އެއިލާހު އަހަރެންނަށް ހުރިހާ ކަމެއް ކޮށްދެއްވަނީ. އެއީ އަހަރެމެންގެ ވެރި ރަސްކަލާންގެ. އެހެން ވެއްޖެއްޔާމު އެކަލާންގެއާ ބައްދަލުވެ، ލޯބިން އޭނަ އައިސް މިސްކިތަށް އައިސް ނަމާދަށް އަރާ އެ ބައްދަލުވުމަށް އޭނަ އަވަސްވެ ގަންނަނީ.
 
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ