މެޑްރިޑް (ޖުލައި 11) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑްގެ މެޗުތަކުގެ ނަތީޖާ އަށް ބަލައިގެން އެ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗު ޒަބީ އަލޮންސޯ އަށް ފާޑުކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ގުޓީ ބުނެފި އެވެ.
ކްލަބް ވޯލްޑް ކަޕާ ދިމާކޮށް އަލޮންސޯ، ރެއާލާ ހަވާލުވީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
މެޗަކުން ބަލިނުވެ، ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ނަމަވެސް، ސެމީ ފައިނަލުން ވަނީ 4-0 އިން ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ އަތުން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު، އަލޮންސޯ އަށް ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
ކްލަބް ވޯލްޑް ކަޕްގެ ސްޓްރީމިން ޕާޓްނަރު، ޑެޒްން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި، ގުޓީ ބުނީ، ރެއާލްގެ ކޯޗެއްގެ ގޮތުގައި ހުރެ ކުރާ ކޮންމެ މަސައްކަތެއް ވެސް ގިނަ ބަޔަކު އަޅާކިޔާނެކަން އަލޮންސޯ އަށް ވެސް އެނގޭނެ ކަމަށެވެ. އެކަމަކު، މި ވަގުތަކީ އަދި އަލޮންސޯ އަށް ފާޑުކިޔަން އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި ސީޒަނެއް ނިމުމަށް ފަހު، ޗުއްޓީ އަށް ދާ ދުވަސްކޮޅެއްގައި އޮތް މުބާރާތެއްގައި، އަލަށް ޓީމަކާ ހަވާލުވެ، އެންމެ ރަނގަޅަށް ކަންކަން ނުގެންދެވޭނެ ކަމަށް ގުޓީ ވަނީ ބުނެފަ އެވެ.
ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ވެސް ވަނީ، އަލޮންސޯ އަށް ރަނގަޅު ޕްރީ ސީޒަނެއް ލިބިގެން ރެއާލްގައި މަސައްކަތް ކުރަން ލިބޭއިރު ތަފާތު ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އަލޮންސޯ އާއި ރެއާލްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒްގެ ބައްދަލުވުމެއް ކުރިއަށްދާ ގޮތަށް ރޭވިފައިވާއިރު، ރެއާލުން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާ މިންވަރު އިތުރުވެ، އާ ކުޅުންތެރިން އެ ޓީމަށް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލޮންސޯ އަށް ފާޑުކިޔަން އަދި މާ އަވަސް ކަމަށް ބުނެފި އަލޮންސޯ އަށް ފާޑުކިޔަން އަދި މާ އަވަސް ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ