ހއ .އަތޮޅުން ފެށިގެން ދ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މިއަދު މެންދުރުފަހު 14:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މި ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރާނެއެވެ. އަދި ހަމައެހެންމެ ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މާލެ ހިމެނޭހެން އަތޮޅުތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ.
މޫސުން ގޯސް، ހއ އަތޮޅުން ދ އަތޮޅަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ