އެލިއާގެ ބޯޓް އޮޕަރޭޓާސް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ކަނޑުއުޅަނދު ފަހަރު ދުއްވާ ކެޕްޓަނުންނަށް އަމާޒުކޮށް އެލިއާ އިން ކުރިއަށް ގެންދާ ބޯޓު އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ މި އަހަރުގެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ބޯޓު އޮޕަރޭޓަރުން ތަމްރީނު ކުރުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ 11 ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް އޮތީ މި މަހުގެ 1 އިން 3 އަށެވެ.
ތަފްސީލް - ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް އެލިއާ އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދީފަ އެވެ.
އެމްއައިޓީއާ ގުޅިގެން އަހަރަކު އެއް ފަހަރު ބާއްވާ ތަމްރީނުގެ މަގުސަދަކީ އުޅަނދުފަހަރުގެ ކައްޕިންގެ ހުނަރު ތަރައްގީކޮށް، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
ކަނޑު ބޯޓު ދުއްވާ ކެޕްޓަނުންނަށް އަމާޒުކޮށް، އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ދަސްކޮށްދިން ބައެއް ކަންތައްތަކުގެ ތެރޭގައި:
އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާ އެކު ދަތުރުކުރަން ބޭނުންވާ ތިއަރީ އާއި ހުނަރުތައް
އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުން މުހިންމު ކަންތައްތައް
ނެވިގޭޝަން އާއި ޗާޓް ރީޑިން
ސަލާމަތީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތައް
ފަސްޓް އެއިޑް އާއި ފަޔާ ސޭފްޓީ
އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
ގުޅުން ހުރި - ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާއާ ގުޅިގެން 'ޔަމަހާ ޓެކްނިކަލް ޓްރެއިނިން'ގެ މިއަހަރުގެ ތަމްރީން ޕްރޮގްރާމު ވެސް ވަނީ މިފަހުން އިފްތިތާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ