ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، އަހުމަދު ސަލީމަށް އެ ދާއިރާއިން، އެންމެ މަތީ ޝަރަފްގެ އިނާމު ސަރުކާރުން މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ސަލީމަށް އެ ޝަރަފް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.
ބައިގަރުނަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ސަލީމް، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ދާއިރާގަ އެވެ. އެގޮތުން:
އެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ
ސަރުކާރާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ވެސް ހާރިޖީ ދާއިރާއިން
ސަލީމް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމު، ސާކްއަށް ރާއްޖޭން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރުކަމުގެ މަގާމު، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު، ރާއްޖޭން ނޭޕާލަށް ކަނޑައަޅާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމު
އޭގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި ވެސް ގިނަ ދުވަސްތަކެއް ވާންދެން ސަލީމް ހިދުމަތް ކުރެއްވި
ރާއްޖެއަށް ބައިނަލްއަގްވާމީ އެހީތައް ހޯދުމުގައި ވެސް ސަލީމް މުހިއްމު ދައުރެއް އަދާކުރެއްވި
އެންމެ ފުރަތަމަ އުފެއްދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމާއި ފަހުން އެތަނުގެ ރައީސްކަން ވެސް ކުރެއްވި
އޭގެ އިތުރުން އޭނާ އަދާކުރެއްވި ބައެއް އިތުރު މަގާމުތަކުގެ ތެރޭގައި، އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމާއި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ހިމެނޭ
ހާރިޖިއްޔާއަށް ގިނަ ހިދުމަތްކޮށްދެއްވި ސަލީމަށް ޝަރަފުގެ އިނާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ