ރޭ ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަށް ޖެއްސި ފުރަތަމަ ފްލައިޓުގެ ގޮތުގައި ކޮޗިންއިން މިއަދު ރާއްޖެ އައި މޯލްވިއަންގެ ފްލައިޓް ޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވިއަންގެ އެއާބަސް އޭ330 ފްލައިޓް ޖައްސާފައިވަނީ މިއަދު މެންދުރު ފަހު އެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި މިއީ އާ ޓާމިނަލުން ހިދުމަތް ދިން ފުރަތަމަ ފްލައިޓެވެ.
މޯލްޑިވިއަންގެ މި ތާރީހީ ފްލައިޓް އާ ޓާމިނަލަށް ކައިރިކުރުމާ އެކު މަރަހަބާ ކިޔުމަށް ވޯޓާ ސެލިއުޓެއް އަރުވާފައިވެ އެވެ.
އެނގުން މުހިންމު - ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
މި ޓާމިނަލް ރަސްމީކޮށް ހުޅުވާފައި މި ވަނީ މަސައްކަތް ފެށިތާ 9 އަހަރު ފަހުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އާ ޓާމިނަލަށް ޖެއްސި ފުރަތަމަ ބޯޓަކަށް ކޮޗިންއިން އައި މޯލްޑިވިއަންގެ ފްލައިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ